ނުދައްކާ ހުރި ފައިސާގެ ތެރެއިން 623 މިލިއަން ރުފިޔާ މީރާއިން ހޯދައިފި

ޓެކުހާއި އެކި ފީތަކުގެ ގޮތުގައި ދައުލަތަށް ދައްކަންޖެހި ނުދައްކާ ހުރި ފައިސާގެ ތެރެއިން 623 މިލިއަން ރުފިޔާ މިއަހަރުގެ މިހާތަނަށް ހޯދާފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މީރާގެ ސެޕްޓެމްބަރު މަހުގެ އާމްދަނީ ރިޕޯޓުގައިވާ ގޮތުން، ނުދައްކާ ހުރި ފައިސާ ހޯދުމަށް ކުރިއަށްގެންދިޔަ އެންފޯސްމަންޓް ހަރަކާތްތަކުން ވޭތުވެދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި ވަނީ މި ފައިސާ ދައުލަތަށް ޖަމާކޮށްފައެވެ.

އެންފޯސްމަންޓް ހަރަކާތްތަކުގެ ތެރެއިން ނޯޓިސް ފޮނުވައިގެން 394.51 މިލިއަން ރުފިޔާ ހޯދާފައިވާއިރު، އިންސްޓޯލްމަންޓް ޕްލޭންތަކުގެ ދަށުން 123.4 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މީގެއިތުރުން ޑިއުސް ކްލިއަރެންސް މެދުވެރިކޮށް 86.58 މިލިއަން ރުފިޔާ، ފޯނާއި އީމެއިލް މެދުވެރިކޮށް 10.02 މިލިއަން ރުފިޔާ އަދި ބޭންކް އެކައުންޓް ފްރީޒްކޮށްގެން 8.43 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ. މީރާއިން ފާހަގަކުރި ގޮތުގައި އެކި ފަރާތްތަކުން ދައުލަތަށް ނުދައްކާ ހުރި ފައިސާގެ ޖުމްލަ އަދަދު އަދިވެސް 14 ބިލިއަން ރުފިޔާއަށްވުރެ މައްޗެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް