ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން ކުރެއްވި މޫސާ ރަމީޒު މިއަދު އަވަހާރަވެއްޖެ އެވެ.
ރަމީޒް އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، އެ ހިތާމައިގައި އޭނާގެ އާއިލާއަށާއި ށ. އަތޮޅުގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެފަ އެވެ.
އޭނާ ވަނީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރު ކަމާއި ށ. އަތޮޅާއި ފުވައްމުލަކުގެ އަތޮޅުވެރިކަން ކުރައްވައިފަ އެވެ.
ދައުލަތަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރެއްވުމަށްފަހު ރަމީޒު ވަނީ ރިޓަޔާ ކުރައްވައިފަ އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ވަނީ ސީނިއާ ޕޮލިސީ އެގްޒެކެޓިވްކަން އޭނާ ކުރެއްވި އެވެ.





