މި މާރިޗު މަހުގެ 22 އިން 28 އަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ، މާލެއާއި ބުރިޖު އަދި ހައިވޭގައި ހިނގާފައިވާ އެކްސިޑެންޓްތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މާލޭގައި އެކަނި ވެސް 49 އެކްސިޑެންޓް ހިނގާފައިވެއެވެ.
ފާއިތުވި ހަފުތާގެ ވަކިވަކި ދުވަސްތަކަށް ބަލާއިރު އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވާކަމަށް ރިޕޯޓުކޮށްފައި ވަނީ މާރިޗު 25 ވަނަ ދުވަހެވެ. އެ ދުވަހު އެކަނި ވެސް 13 އެކްސިޑެންޓް ހިނގާފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.
މި މުއްދަތުގެ ތެރޭގައި ހިނގާފައިވާ އެކްސިޑެންޓްތަކުގެ ތެރޭގައި ސައިކަލާއި ކާރު ޖެހިގެން ހިނގާފައިވާ 14 އެކްސިޑެންޓާއި ދެ ސައިކަލު ޖެހިގެން ހިނގާފައިވާ 14 އެކްސިޑެންޓް ހިމެނެއެވެ.
މީގެ ތެރޭގައި އެކްސިޑެންޓްވުމުން މަޑުނުކޮށް ދިޔަ ހަތް މައްސަލައެއް ވެސް ހިމެނެއެވެ މި އެކްސިޑެންޓްތަކުގައި 56 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު އެކަކަށް ސީރިޔަސް އަނިޔާތަކެއް ލިބިފައިވެއެވެ. އަދި މި އެކްސިޑެންޓްތަކުގައި ހިމެނޭ ބައެއް އުޅަނދުތަކަށް ވެސް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.
މަގުމަތީގެ ރައްކާތެރިކަމަށް ސަމާލުކަންދިނުމަށާއި ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، އެއްގަމު އުޅަނދު ދުއްވުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ.
މަގުމަތަކަކީ އެންމެންނަށް ވެސް ރައްކާތެރި ތަނަކަށް ހެދުމަށް ފަރުދީ ޒިންމާ އަދާކޮށް ރައްކާތެރިކަމާއެކު މަގު ބޭނުންކުރަމާ ހިނގާށެވެ.





