ވިހެއުމާ ގުޅިގެން ހަ މަސް ދުވަހުގެ ޗުއްޓީ ނެގުމާ އެކު، ޕްރޮމޯޝަން ނުލިބޭ ގޮތަށް ހަމަޖައްސާފައިވާ އުސޫލު ބަދަލުކުރަން ޕެޓިޝަނަކަށް ސޮއި ހޯދަން ފަށައިފި އެވެ.
މަރިޔަމް ޝިފާނާ ހުސެއިން ނަމަކަށް ކިޔާ މީހަކު ތައްޔާރުކުރި ޕެޓިޝަންގައި ބުނީ އާ ޕޭ ފްރޭމްވޯކްގެ ދަށުން ސިވިލް ސާވިސްގެ މުވައްޒަފުންގެ ފެންވަރު ބަލާއިރު މަސައްކަތް ކޮށްފައިވާ މުއްދަތު، 90 ދުވަހަށް ވުރެ ކުރު ނަމަ ޕާފޯމަންސް އެޕްރައިޒަލް ޕްރޮމޯޝަން ދިނުމަށް މާކްސް ނުގުނާ ގޮތަށް އޮންނާތީ، ވިހެއުމާ ގުޅިގެން ހަ މަސްދުވަހުގެ އެޕްރޫވްޑް ޗުއްޓީ ނަގާ މުވައްޒަފުންގެ ހައްގުތައް ގެއްލެމުންދާ ކަމަށެވެ.
މި މައްސަލައަށް ހައްލެއް ހޯދުމަށް މަޖިލީހުގެ އީ ޕެޓިޝަން ޕޯޓަލަށް ޕެޓިޝަން ހުށަހަޅާފައިވަނީ މަރިޔަމް ޝިފާނާ ހުސެއިނެވެ.
ޕެޓިޝަންގައި ބުނީ އާ ޕޭ ފްރޭމްވޯކްގެ ދަށުން ސިވިލް ސާވިސްގެ މުވައްޒަފުންގެ ފެންވަރު ބަލާއިރު މަސައްކަތް ކޮށްފައިވާ މުއްދަތު، 90 ދުވަހަށް ވުރެ ކުރު ނަމަ ޕާފޯމަންސް އެޕްރައިޒަލް ޕްރޮމޯޝަން ދިނުމަށް މާކްސް ނުގުނާ ގޮތަށް އޮންނާތީ، ވިހެއުމާ ގުޅިގެން ހަ މަސްދުވަހުގެ އެޕްރޫވްޑް ޗުއްޓީ ނަގާ މުވައްޒަފުންގެ ހައްގުތައް ގެއްލެމުންދާ ކަމަށެވެ.
އެހެންވެ، އޮންލައިންކޮށް ސޮއިކުރަމުން އަންނަ ޕެޓިޝަންގައި އޭނާ އެދިފައިވަނީ ސްޓެޕް ޕްރޮމޯޝަން ދިނުމުގައި ދިމާވާ ގޮންޖެހުން ހައްލު ކޮށްދިނުމަށެވެ.
އެ ޕެޓިޝަންނަށް މިހާތަނަށް ވަނީ 1180 ސޮއި ލިބިފަ އެވެ. އޭގައި ސޮއިކުރުމުގެ ފުރުސަތު މެއި މަހުގެ ހަތަރުވަނަ ދުވަހު ހަމަވާނެ އެވެ. ޕެޓިޝަންގައި ސޮއިކުރެވޭނީ އީ-ޕެޓިޝަން ޕޯޓަލްގައި އީ-ފާސް މެދުވެރިކޮށެވެ.





