ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުالله އަވަހާރަވެއްޖެއެވެ.
ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޝަކޫރު އަވަހާރަވެފައިވަނީ މިއަދުގެ ވަގުތެއްގައި އިންޑިއާގައެވެ.
ތައުޒިޔާގެ މެސެޖް pic.twitter.com/4bafFCFHZD
— Maldives Police (@PoliceMv) March 24, 2026
ޝަކޫރު އަވަހާރަވުމަ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެމަނިކުފާނުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައިފައެވެ. މިގޮތުން އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނެފައިވަނީ ޝަކޫރު ވަނީ އެ ޚިދުމަތަށް 43 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައި ކަމަށެވެ.
"ހިތާމައިގެ މި ދަނޑިވަޅުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުالله ގެ ލޮބުވެތި ޢާއިލާއަށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި މުވައްޒަފުންގެ ނަމުގައި އިޚްލާސްތެރި ތަޢުޒިޔާ ދަންނަވަން. އަދި މަރުޙޫމުގެ ފުރާނައަށް ސުވާރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި، ބަރުޒަޚުގެ ޢާލަމް ތަނަވަސް ކޮށްދެއްވުން އެދި މާތްالله ގެ ޙަޟުރަތުގައި ދުޢާ ދަންނަވަން"، އެ ޕޯސްޓުގައި ވެއެވެ.




