ތިމަރަފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ ތިމަރަފުށީ ފަޅު ގެއެއްގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރިކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 23 ވަނަ ދުވަހު ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ތިމަރަފުށި ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ދެރަބަރު ކޮތަޅު ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި ތަކެތީގެ ވަގުތީ ބަރުދަނަކީ 94.23 ގުރާމު ކަމަށާއި، މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.




