ގއ. ދާންދޫގައި އެލާޖީއެއް ވެގެން އަންހެނަކު މަރުވެއްޖެ އެވެ.
ގއ. ދާންދޫ ސިއްހީ މަރުކަޒުން ބައެއް މީޑިއާތަކަށް މައުލޫަތު ދިން ގޮތުގައި އެލާޖިކެއްގެ މައްސަލައިގައި ރޭ 9:00 ހާއިރު އެ މަރުކަޒަށް ފަރުވާއަށް ގެންދިޔަ މީހަކު ވަނީ ނިޔާވެފައެވެ.
ނަމަވެސް، އެ މީހާ އެލާޖިކްވާން މެދުވެރިވި ސީދާ ސަބަބެއް އަދި ދެނެގަނެވިފައި ނުވާ ކަމަށް އޮފިޝަލް ފާހަގަކުރެއްވިއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 41 އަހަރުގެ އަންހެނެކެވެ.
ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެލާޖިކެއް ވިހަވުމުގެ ސަބަބުން ރޭގެ ވަގުތެއްގައި އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އަންހެނަކު ނިޔާވެފައިވާ ކަމަށެވެ.




