ގއ. ވިލިނގިލީގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ކެމްޕަހެއް އަދި ދަނާލެއް އިމާރާތްކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
އެމްއެންޔޫ އިން ހާމަކުރި ގޮތުގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ސޮލެކްސް ޕްރައިވެޓް ލިމިޓެޑާ އެވެ.
Signing ceremony of the agreement with Solex Private Limited to construct The Maldives National University (MNU) campus and student accommodation in GA. Villingili, as part of the Presidential Pledge to expand access to higher education across the Maldives.#MNU pic.twitter.com/efntFnpoCm
— The Maldives National University (@MNUedu) March 21, 2026
މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އިއްޔެއެވެ.
އެމްއެންޔޫ އިން ބުނީ މިއީ މުޅި ރާއްޖެއަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދީ ފުޅާ ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށެވެ.




