ލުބުނާނުގެ އެތެރޭގައްޔާއި އިސްރާއީލުގެ އުތުރުގެ ބޯޑަރު ސަރަހައްދުގައި ތިބި އިސްރާއީލުގެ ސިފައިންނަށް އަމާޒުކޮށް، އެއް ދުވަހެއްގެ ތެރޭގައި ވަކިވަކިން 55 ހަމަލާއެއް ދީފައިވާ ކަމަށް ހިޒްބުالله އިން ހާމަކޮށްފިއެވެ.މިއީ އެ ޖަމާއަތުގެ ތާރީޚުގައިވެސް އިސްރާއީލާ ދެކޮޅަށް އެއް ދުވަހެއްގެ ތެރޭގައި ދިން އެންމެ ގިނަ ހަމަލާތައް ކަމަށް ބެލެވެއެވެ.
މިއީ މަސްރަހު ވަރަށް ބޮޑަށް ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި ހިނގަމުންދާ ވަރަށް މުހިންމު ކަންތައްތަކެކެވެ. ލުބުނާނުގެ ހަނގުރާމައިގެ އެކި ސަރަހައްދުތަކުގައިވެސް ބޮޑެތި ކުރިމަތިލުންތަކެއް ދަނީ ހިނގަމުންނެވެ.
ލުބުނާނުގެ ދެކުނާއި ހުޅަނގު ސަރަހައްދުތަކުގައި ހިމެނޭ ކޫރާގައި، ބޯޑަރު ހުރަސްކޮށް އެތެރެއަށް ވަންނަން މަސައްކަތްކުރި އިސްރާއީލު ސިފައިންނަށް ހިޒްބުالله އިން ވަނީ ހަމަލާދީފައެވެ.
އަދި އިރުމަތީ ފަރާތުން ޚިޔާމް އާއި ތައިބާ ކައިރީގައި ހިޒްބުالله އާއި އިސްރާއީލު ސިފައިންނާ ދެމެދު މެދުނުކެނޑި ވަރުގަދަ ހަނގުރާމައެއް ދަނީ ކުރިއަށެވެ. މީގެ އިތުރުން، ރޭގެ އިރާކޮޅު ދިން ވައިގެ ހަމަލާއެއްގައި އެކަކު ވަނީ ޝަހީދުވެފައެވެ.
ލުބުނާނުގެ މަސްރަހު ދަނީ ދުވަހެއް ދުވަހަކަށް ނުރައްކާތެރިވަމުންނެވެ. މިއަދު ބެއިރުތުގެ ދެކުނު ސަރަހައްދުތަކަށް ދިން ދެ ހަމަލާއާއެކު، ހަނގުރާމައިގެ ނުތަނަވަސްކަން ވެރިރަށް ބައިރޫތަށްވެސް ވަނީ ވަރަށް ބޮޑަށް ފޯރާފައެވެ.




