ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތެެރެއިން 5 ލައްކަ ރުފިޔާ ގައްޒާގެ ރައްޔިތުންނަށް ދީފިއެވެ.
މި ފައިސާ ވަނީ ފަލަސްތީނުގެ ގައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްރާ އެސޯސިއޭޝަން މޯލްޑިވްސް އާއި ހަވާލު ކޮށްފިއެވެ.
ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ފިޠުރު ޒަކާތުގެ ގޮތުގައި މިއަހަރު 15.9 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. ފާއިތުވި 3 އަހަރާ އަޅާބަލާއިރު އެންމެ ގިނައިން ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބިފައިވަނީ މިއަހަރެވެ.




