އިންތިހާބާ ބެހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނެއްގައި ރޭ ހިނގި އަލިފާނުގެ ބޮޑު ހާދިސާގެ ސަބަބުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ އެއްވެސް ކަމަކަށް ބުރުލެއް ނާރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންްސް ކޮމިޝަނުން ބުނީ އަލިފާނުގެ ހާދިސާގެ ސަބަބުން އަންނަ މަހު 4 ގައި ބާއްވާ އެއްވެސް އިންތިހާބެއްގައި ބޭނުންކުރަންޖެހޭ އެއްވެސް އެއްޗަކަށް ގެއްލުމެއް ނުލިބޭކަމަށެވެ.
"އިންތިހާބާބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވީނަމަވެސް، އިންތިހާބާގުޅޭ އެއްވެސް ލިޔެކިއުމަކަށް ގެއްލުމެއްނުލިބޭ ވާހަކަ ދަންނަވަން. އަދި މިހާރު އިންތިހާބާބެހޭ މަރުކަޒުގައި ހުރި ތަކެތި ހުސް ކުރުމުގެ މަސައްކަތް ކުރަމުންގެންދާ ވާހަކަވެސް ދަންނަވަން." އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
ޕްރައިމް ގުދަނަގައިި ރޯވުމުން އެ ސަރަހައްދުގެ 5 ގެއަކުން މީހުން ހުސްކުރަން ޖެހުނުކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.




