މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިއްޔެ 5،464 ޓަނުގެ މުދާ ކްލިއަރކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެމްޕީއެލް އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ކުންފުނިން ވަނީ މާރިޗު 11 ވަނަ ދުވަހު ކާގޯގެ ގޮތުގައި 5،464 ޓަނުގެ މުދާ ކްލިއަރކޮށްފައެވެ. އެއީ 277 ކޮންސައިންމަންޓްގެ މުދަލެވެ.
މިގޮތުން އެމްޕީއެލް އިން އިއްޔެ ކްލިއަރކުރި މުދަލުގެ ތެރޭގައި 2،998 ބަސްތާ ބިހާއި، 1،123 ބަސްތާ ދޮންކޭލާއި، 2،174 ބަސްތާ ކަރާ، 1،488 ބަސްތާ ފިޔާ، 1،153 ބަސްތާ އަލަނާސި، 1،235 ބަސްތާ އަލުވި، 831 ބަސްތާ ޓޮމާޓޯ، 461 ބަސްތާ ކެބެޖު، 271 ބަސްތާ ހަނީ މެލަން، 88 ބަސްތާ ބަށި، 128 ބަސްތާ ބަރަބޯ، 100 ބަސްތާ ޒުވާރި، 96 ބަސްތާ ކިއުކަމްބާ އަދި 99 ބަސްތާ ފެހި މިރުސް ހިމެނެއެވެ.
މީގެ އިތުރުންވެސް އެމްޕީޢެލް އިން ވަނީ އިއްޔެ 101 ބަސްތާ އަނބާއި، 48 ބަސްތާ ރޮކް މެލަން، 56 ބަސްތާ ޖުމްހޫރީ މޭވާއާއި، 45 ބަސްތާ ބީޓްރޫޓާއި، 28 ބަސްތާ ފަޅޮލާއި، 20 ބަސްތާ އަންނާރާއި، 25 ބަސްތާ ކެޕްސިކަމާއި، 23 ބަސްތާ ކައްޓަލައާއި، 10 ބަސްތާ ފޭރާއި، 13 ބަސްތާ ސްވީޓް މެލަން އަދި 12 ބަސްތާ ތޮރާ، 12 ބަސްތާ ޗިޗަންޑާ، 6 ބަސްތާ ކޮވައްކަ، 6 ބަސްތާ ލުނބޯ، 5 ބަސްތާ މުރަނގަ ތޮޅި އާއި ތިން ބަސްތާ ރެޑިޝް އާއި 2 ބަސްތާ ގޫސްބެރީވެސް ކްލިއަރ ކޮށްފައެވެ.
މިއާއެކު އެމްޕީއެލް އިން ވަނީ ހަލާކުވާޒާތުގެ ކާބޯތަކެތީގެ 12،669 ބަސްތާ އިއްޔެ ކްލިއަރ ކޮށްފައެވެ.




