ހދ. ކުޅިދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމަށް އަލަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި، ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް އަބްދު ﷲ އެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އަބްދުލްއަހްމާން ޔޫސުފްއެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ކުރަން ހަމަޖެހިފައިވަނީ އަލަށް އިމާރާތްކުރެވޭ ތަނުގައި ހުރި ހޮސްޕިޓަލްގެ އޮަޕަރޭޝަން ތިއޭޓަރާ ސީއެސްއެސްޑީ އަދި މިނޫންވެސް ހިދުމަތްތައް ހޮސްޕިޓަލުގެ އެހެން ތަނަކަށް ބަދަލުކުރުމެވެ. ، އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ އިމާރާތުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަމަށް ދެވަނަ ފިޔަވަހީގައިކަމަށް މިނިސްޓްރީން ބުނެއެވެ.




