އިރާގުގެ ކުރުދީން އުޅޭ ސަރަޙައްދުގައި ހުންނަ އެކުވެރި ޢަރަބި އިމާރާތުގެ ކޮންސިއުލޭޓަށް ދެވުނު ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މި ހަމަލާ ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ނެރެނު ބަޔާނުގައި ބުނީ ގައުމުތަކުގައި ހުންނަ ޑިޕްލޮމެޓިކް މަރުކަޒުތަކަށް ހަމަލާ ދިނުމަކީ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސްއާ ޚީލާފު ކަމެއް ކަމަށެވެ. އަދި މިއީ ބައިނަލްއަޤްވާމީ ގޮތުން ގަބޫލުކުރެވޭ ޑިޕްލޮމެޓިކް އުސޫލުތަކަށް ހުރަސްއެޅޭ ނުރައްކާތެރި އަމަލެއްގެ ގޮތުގައި ޚާރިޖީ ވުޒާރާގެ ބަޔާނުގައި ފާހަގަކުރެއެވެ.
ދިވެހި ސަރުކާރުންވަނީ ބޭރު ގައުމުތަކުގައި ހުންނަ ޑިޕްލޮމެޓިކް މަރުކަޒުތައް ހިމާޔަތް ކުރުން މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ، ޔޫއޭއީ ސަރުކާރާއި ރައްޔިތުންނާއި އެކުގައި ކަމަށް ދިވެހި ޚާރިޖީއްޔާގެ ބަޔާނުގައި ބުނެއެވެ.




