ސަލްޓަން ޕާކު ބޭނުންނުކުރެވޭތީ އެތަން މަރާމާތުކުރުމަށް ބަންދުކުރީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައެވެ.
އެމްއެންޑީއެފުން ބުނީ މިއަހަރުގެ ފިތުރު އީދާ ދިމާކޮށް ސަލްޓަން ޕާކު އަލުން ހުޅުވައި، އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހަމަޖައްސައިފައިވާކަމަށެވެ. އެހެން ކަމުން އީދު ހަވީރުގެ ހަރަކާތްތައް ސަލްޓަން ޕާކްވެސް ކުރިޔަށްދާނެ ކަމަށް އެމްއެންޑިއެފުން ބުނެއެވެ.
ކުރިން ސުނާމީ ބިނާ އަދި ސަލްޓަންޕާކް ހުޅުވުން އީދު ފަހަށް ތާވަލުކުރެވިފައި ވީނަމަވެސް ރައީސް ޑރ މުހަނަމަދު މުއިއްޒުވަނީ ސަލްޓަން ޕާކް އަދި ސުނާމީ ބިނާގެ މަސައްކަތް އީދު ދުވަހުގެ ނިޔަލަށް ނިންމަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
ސަލްޓަން ޕާކު ހުޅުވުމުގެ އިތުރުން، އީދުގެ އުފާ ފާޅުކުރުމުގެ ގޮތުން ބާއްވާ ޚާއްސަ "އީދު ހަވީރު" ގެ ހަރަކާތްތައް ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ނިންމާފައި ވާއިރު މި ހަރަކާތްތައް އޮންނާނީ ކޮންމެ ދުވަހެއްގެވެސް ހަވީރު 16:00 އިން 18:00 އަށެވެ.




