ހުޅުމާލޭގެ ފޭސް 1 ގައި ހުންނަ "ކްލީން ޕްލޭޓް" ނަމަކަށް ކިޔާ ކެފޭގެ ބަދިގޭގައި ރޯވި އަލިފާން، އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުން ނިއްވާލައިފިއެވެ.
މި ހާދިސާގެ މަޢުލޫމާތު މިރޭ މެންދަމު 02:20 ހާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސްފައެވެ.
އެގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން ބަދިގޭގައި ރޯވި އަލިފާން ނިއްވާލެވުނީ ރޭ މެންދަމު 02:34 ހާއިރުއެވެ.
މި ހާދިސާގައި އަލިފާން ރޯވެފައިވަނީ ކެފޭގެ ބަދިގޭގައި ބޭނުންކުރަމުން އައި ގޭސްފުޅީގައެވެ. މި ހާދިސާގައި ކެފޭގެ ބަދިގޭގެ އެކިބައިތަކަށް ވަނީ ގެއްލުން ވެފައެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.



