ސްކޭމްގެ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން ބުނީ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާކަމަށެވެ.
ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޢާއިޝަތު ނާޛިރާ (41އ)، ނާގަލި / ތ. ހިރިލަންދޫ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށް ފުލުހުން ބުނެއެވެ.
ފަހަކަށް އައިސް ރާއްޖޭގައި ސްކޭމް ގެމައްސަލަތައް އަންނަނީ އިތުރު ވަމުންނެވެ.




