މާލޭ ގެއެއްގައި އަލިފާން ރޯވެ އަނދައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ މީހުން ދިރިއުޅޭ މއ.ރިމްލާސްގައި ހިނގި މި ހާދިސާގެ ރިޕޯޓް ލިބުނީ ރޭ ދަންވަރު 03:06 ހާއިރު ކަމަށެވެ.
އެއާއެކު، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން، ރޯވި އަލިފާން 04:12 ހާއިރު ވަނީ އެއްކޮށް ނިއްވާލެވިފައެވެ.
މި ހާދިސާގައި މި ގޭގެ އެކިބައިތަކަށް ވަނީ ގެއްލުން ވެފައެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.



