އާޓިފިޝަލް ބީޗުގައި ޕީއެންސީން ރޭ ބޭއްވި ތަރާވީހެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލްތަކުގެ ތެރެއިން ދިމާވާ ދަތިތައް ނައްތާލުމުގައި ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.
އެގޮތުން ރާއްޖޭގެ ގިނަ ރަށްތަކުގައި މަސައްކަތްތައް ފެށިފައިވާއިރު، ބައެއް ރަށްތަކުގައި ކައުންސިލްތަކުގެ އެއްބާރުލުން ނުލިބޭތީ ޕްރޮޖެކްޓުތައް ކުރިއަށް ނުގޮސް އެބަހުރި ކަަމަށެވެ.
އޭގެ އިތުރުން، ކައުންސިލްތަކަށް ޕީއެންސީގެ މެޖޯރިޓީ ދިނަސް ކަންކަން އެޖެންޑާކުރުމާއި ތަންފީޒު ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ކައުންސިލްގެ އެންމެ އިސްމަގާމުގައި ހުންނެވި ބޭފުޅަކު ކަމަށް ވާތީ، ސިޓީތަކުގެ މޭޔަރުންނާއި ކައުންސިލްގެ ރައީސުންނަށް ޕީއެންސީގެ ކެންޑިޑޭޓުން އިހުތިޔާރުކުރުމަށް ވެސް ރައީސް އެދިވަޑައިގެންނެވި އެވެ.
ކައުންސިލްތަކުގެ ރައީސުންނާއި މޭޔަރުންނަށް ޕީއެންސީ ވިސްނުމާ ދެކޮޅު ބޭފުޅުން ތިއްބަވައިގެން ސަރުކާރަށް ވަރަށް އުނދަގޫކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.




