ހުޅުދޫ ބަނދަރުގެ ތޮށިގަނޑު މަތިން ވެހިކަލް ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އަންގައިފިއެވެ.
ސިޓީ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިފަހަކަށް އައިސް ބައެއް ފަރާތްތަކުން ހުޅުދޫ ބަނދަރުގެ އެއްގަމު ތޮށި މަތިން ވެހިކަލް ދުއްވާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި، ތޮށިގަނޑު މަތިން ވެހިކަލްތައް ދުއްވުމުގެ ސަބަބުން، ބަނދަރުގެ އެއްގަމު ތޮއްޓަށް މިހާރުވެސް ގެއްލުން ލިބިފައިވާއިރު، މި ގޮތަށް ވެހިކަލް ދުއްވުމަކީ ނުރައްކާތެރި ހާދިސާއެއް ދިމާވެދާނެ ކަމެއް ކަމަށެވެ.
އަދި ބަނދަރުގެ އެއްގަމު ތޮށި މަތިން އެއްވެސް އުޅަނދެއް ދުއްވުން މަނާކަން ސާފުކޮށް އެނގޭފަދަ ސައިންބޯޑު ތަކާއި، އަދި ބަނދަރުގެ މުވައްޒަފުން ތަކުރާރުކޮށް އެކަން އެހެން ނުކުރުމަށް ނަސޭޙަތްތެރިވެފައި ވީނަމަވެސް ބައެއް ފަރާތްތަކުން އަދިވެސް ދުއްވަނީ ތޮށިމަތިން ކަމަށް އިޢުލާނުގައި ބުނެފައިވެއެވެ.
އެހެންކަމުން މި ގޮތަށް މިކަން ނުކުރުމަށް ކައުންސިލުން ވަނީ އަންގައިފައެވެ. އަދި މިކަން ތަކުރާރުކުރާ ފަރާތްތަކާމެދު އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އެޅޭނެ ކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




