މާލެގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފާއިތުވި ދެ ދުވަސް ތެރޭ މުޅި ޖުމުލަ 464،819 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތުގައި ހެންވޭރު، ގަލޮޅު އަދި މާފަންނު ޕޮލިސްގައި މަސައްކަތް ކުރާ ފުލުހުން ފާއިތުވި 48 ގަޑިއިރު ކުރި މަސައްކަތުގެ ބައެއް ތަފާސްހިސާބު ވަނީ ޢާންމުކޮށްފައެވެ.
އޭގެތެރެއިން، ގަލޮޅު ފުލުހުން ވަނީ ޖުމުލަ 365،099 ރުފިޔާ އަނބުރާ ހޯދާފައެވެ. އަދި ހެންވޭރު ފުލުހުން 65،000 ރުފިޔާ އަނބުރާ ހޯދާފައިވެއެވެ.
މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ހެންވޭރު، ގަލޮޅު އަދި މާފަންނު ޕޮލިސްގައި މަސައްކަތްކުރާ ފުލުހުން ފާއިތުވި 48 ގަޑިއިރު ކޮށްފައިވާ މަސައްކަތުގެ ތަފާސް ހިސާބު pic.twitter.com/2gX125P4oL
— Maldives Police (@PoliceMv) February 23, 2026
- ގަލޮޅު ފުލުހުން 365،099 ރުފިޔާ އަނބުރާ ހޯދި
- ހެންވޭރު ފުލުހުން 65،000 ރުފިޔާ ހޯދާފައިވޭ
- މާފަންނު ފުލުހުން 34،720 ރުފިޔާ ހޯދި
ގަލޮޅު ޕޮލިސް ސްޓޭޝަނުން، މާލޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، 18 ކޯލްއަކަށް އިޖާބަދީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަދި 2 ހާދިސާއަކަށް އަމިއްލައަށް އިސްނަގައިގެން ހަރަކާތްތެރިވެފައިވެއެވެ.
ހެންވޭރު ޕޮލިސް ސްޓޭޝަންއިން، 6 ހާދިސާއަކަށް އަމިއްލައަށް އިސްނަގައިގެން ހަރަކާތްތެރިވެފައިވާ ކަމަށާއި، 24 ހާދިސާއެއް ރިކޯޑުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
މާފަންނު ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތުގެ 777 ސަރަޙައްދެއް ބަލައި ފާސްކޮށް ޢާއްމުކޮށް މައްސަލަތައް ހުށައެޅޭ 112 ސަރަޙައްދެއް ބަލައި ފާސްކޮށްފައިވާ ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




