މާދަމާއަކީ މިއަހަރުގެ ރަމަޝާން މަގުގެ ފުރަތަމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށް ބޭއްވި ޖަލްސާގައި ހަނދާ ބެހޭގޮތުން ނެރުއްވާ ބަޔާން އިއްވަވަމުން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛު ޢަބްދުﷲ ސަޢުދާން ވިދާޅުވީ، ރާއްޖެއަށާއި އިސްލާމީ ބޮޑެތި ޤައުމުތަކަށް އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ހަނދު ފެނިފައިވާކަން ކަށަވަރުވެފައވާތީއާއި، ބޮޑެތި އިސްލާމީ ޤައުމުތަކަށް ހަނދު ފެނިފައިވާ ކަމަށް އިތުބާރު ހުރި މަސްދަރުތަކުން ހާމަކޮށްފައިވާތީ މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
ރަމަޟާން މަހުގެ ހަނދު ރާއްޖެއަށް ފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ޔަޤީންވާތީ، މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަން ޢިއުލާން ކުރުމުގެ ގޮތުން އެމްއެންޑީއެފްގެ ފަޔަރިންގ ސްކޮޑުން ވަނީ ބަޑި ޖަހާފައެވެ.
ރަމަޟާން މަހާއި ގުޅިގެން ސަރުކާރާއި، އަމިއްލަ ފަރާތްތަކުންވަނީ، ރަމަޟާން މަސް ދިރުވާ އާލާކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ރާވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް



