ބަނގްލަދޭޝްގެ ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުހައްމަދު މުއިއްޒު އެ ގައުމަށް މިރޭ ފުރާވަޑައިގެންފި އެވެ.
ބަނގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ ވެރިކަން ވައްޓާލީ 2024ގަ އެވެ. އެޔަށްފަހު އެ ގައުމުގައި ސަރުކާރެއް ގާއިމުކުރަން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އާންމު އިންތިހާބު ކާމިޔާބުކުރީ ބަނގްލަދޭޝްގެ ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އެވެ.
ރައީސް މި ރަސްމިޔާތަށް ވަޑައިގަންނަވަނީ، ޝެއިހް ހަސީނާގެ ވެރިކަން ވައްޓާލުމަށް ފަހު އެ ގައުމުގައި އެކުލަވާލި ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރު، ޑރ. މުހައްމަދު ޔޫނުސްގެ ދައުވަތަކަށެވެ. މާދަމާ އޮންނަ އެ ރަސްމިޔާތުގައި ބައިވެރިވުމަށްފަހު ރައީސް މާލެ ވަޑައިގަންނަވާނީ އަންނަ ބުދަ ދުވަހު އެވެ. މި ދަތުރުފުޅުގައި، ބަނގްލަދޭޝްގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިހާބުވެވަޑައިގެންނެވި ތާރިގް ރަހުމާނާއި ރައީސް ބައްދަލުކުރައްވާނެ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




