މަސައްކަތެއް ކުރުމަށް ޕިކަޕެއް ދަށުގައި އޮތް މީހެއްގެ ގައި މައްޗަށް ޕިކަޕް ވެއްޓި އެ މީހާ ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ހުޅުމާލޭ ސަހަރާ ކައިރީގައި އޮތް ޕިކަޕެއްގެ މަސައްކަތެއް ކުރުމަށް އެ ޕިކަޕް ދަށުގައި އޮތް މީހެއްގެ ގައި މައްޗަށް ޕިކަޕް ވެއްޓިފައިވާކަމުގެ މަޢުލޫމާތު ފެބުރުވަރީ 15 ވަނަ ދުވަހުގެ 11:05 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި އެ މީހާ ނިޔާވެފައިވާ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށާއި، ނިޔާވެފައިވަނީ 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




