ދުވާލަކަށް އެންމެ ގިނައިން ފަތުރުވެރިން އައުމުގެ ރެކޯޑު، މި މަހު ތިން ވަނަ ފަހަރަށް އިއްޔެ މުގުރާލައިފިއެވެ.

ދުވާލަކަށް އެންމެ ގިނައިން ފަތުރުވެރިން އައުމުގެ ރެކޯޑު، މި މަހު ތިން ވަނަ ފަހަރަށް އިއްޔެ މުގުރާލައިފިއެވެ.
މިމަހު ރާއްޖެއަށް ވަނީ ރެކޯޑު އަދަދުތަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެގޮތުން މިމަހުގެ 8ވަނަ ދުވަހު ރާއްޖެއަށް 10،462 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި މި މަމަހުގެ 1 ވަނަ ދުވަހު ރާއްޖެއަށް ވަނީ 10,253 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ.
އިއްޔެގެ ނިޔަލަށް 349،990 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ދުވާލަކު 7،778 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެއެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައިސްގެން މާކެޓުގެ އެއްވަނައިގައި އޮތީ ޗައިނާއެވެ.
އެ ގައުމުން އެކަނި، 49،704 ފަތުރުވެރިން މިހާތަނަށް ރާއްޖެ އައިސްފައިވެއެވެ. އަދި 40,141 ފަތުރުވެރިންނާ އެކީ، މާކެޓުގެ ދެވަނައިގައި އޮތީ ރަޝިއާއެވެ. އޭގެއިތުރަށް، އިޓަލީން އިއްޔެގެ ނިޔަލަށް 34،320 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.


