މި އަހަރު މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2026 ވެސް އޮންނާނެ ކަމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން މިއަދު ބުނީ މާދަމާ ރޭ ބާއްވަން ހަމަޖެހިފައިވާ "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025" އަކީ 2024 ވަނަ އަހަރު ޤައުމީ ޓިމްތަކާއި، ކުޅުންތެރިން އަދި އޮފިޝަލުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރުމަށް ބާއްވާ އެވޯޑު ހަފުލާ ކަމަށެވެ.
މާދަމާރޭ ބާއްވަން ހަމަޖެހިފައިވާ "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025" އަކީ 2024 ވަނަ އަހަރު ޤައުމީ ޓިމްތަކާއި، ކުޅުންތެރިން އަދި އޮފިޝަލުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރުމަށް ބާއްވާ އެވޯޑު ހަފުލާ!
މި ހަފްލާ 2025ގައި ކުރިން ބާއްވަން ހަމަޖެހިފައި އޮތް ނަމަވެސް އެކި…— Ministry of Sports, Fitness and Recreation (@MoSFR_mv) February 14, 2026
އަދި މި ހަފްލާ 2025ގައި ކުރިން ބާއްވަން ހަމަޖެހިފައި އޮތް ނަމަވެސް އެކި ސަބަބުތަކާ ހުރެ މި އަހަރަށް އޮތީ ފަސްކުރެވިފައި ކަމަށް އެ ވުޒާރާއިން ބުންޏެވެ.
އެހެންކަމުން "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025" މާދަމާރޭ ބޭއްވިނަމަވެސް 2025ގެ ކާމިޔާބީތައް ފާހަގަކުރާ އެވޯޑު ހަފުލާ، "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2026" މިއަހަރުގެ ފަހުކޮޅު އޮންނާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




