ރޯދަ މަހުގެ ކަރަންޓު ބިލު 400ރ. އަށްވުރެ ބޮޑު ނުވާނެހެން ރީޑިންގ ނެގުމުގެ މަސައްކަތް ފެށުމަށް ސްޓެލްކޯ އިން ތައްޔާރުވެއްޖެއެވެ.
ބޭނުންކުރެވިފައިވާ ކަރަންޓުގެ ޖުމުލަ 400ރ. އަށްވުރެ ބޮޑު ނުވާނެހެން ޑޮމެސްޓިކް ކަސްޓަމަރުންނަށް މި ރަމަޟާން މަހުގެ ކަރަންޓު ބިލަށް ޑިސްކައުންޓް ދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވައިފައެވެ.
ސްޓެލްކޯއިން ބުނީ ރައީސް މިގޮތަށް ނިންމެވުމާ ގުޅިގެން، ރަމަޟާން މަހަށް ވަކި ބިލެއް ތައްޔާރުކުރުމަށް ރީޑިންގ ނެގުމުގެ މަސައްކަތް 2026 ފެބުރުވަރީ 16 އަދި 17 ވަނަ ދުވަހު ކުރިއަށްދާނެ ކަމަށެވެ.
އެހެންކަމުން، ސްޓެލްކޯގެ މުވައްޒަފުން ރީޑިންގ ނެގުމަށް ދާއިރު، ފަސޭހަކަމާއެކު މީޓަރު ބެލޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




