15 މީހުންނާއެކު ދަތުރު ކުރަމުންދިޔަ މަސް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ، 15 މީހުންނާއެކު ކ.ދޫނިދޫ ކައިރިން ދަތުރު ކުރަމުންދިޔަ މަސް ދޯންޏެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން، ހަރަކާތްތެރިވަމުންދާ ކަަމަށެވެ.
ފުލުހުން ބުނީ، ކުރުބާ މޯލްޑިވްސް ރިސޯޓް ކައިރިން މަސް ދޯންޏެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު މިއަދުގެ މެންދުރު 14:54 ހާއިރު ލިބިފައިވާ ކަމަަށެވެެ. މި ހާދިސާއާއި ގުޅިގެން ފުލުހުންވެސް އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ބުނެއެވެ.
އަދި ހާދިސާގައި އަނިޔާވި 5 މީހުން މާލެ ގެނައުމަށްޓަކައި ކުރުބާ މޯލްޑިވްސްގެ އުޅަނދެއްގައި ދަތުރު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




