މާލޭގެ އުތުރު ފަރާތާއި އިރުމަތީ ފަރާތުގެ ތޮށިގަނޑު އަލުން މަރާމާތުކޮށް ހެދުމަށް ޖަޕާނުގެ ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި މަޝްރޫޢަކީ ޖަޕާނު ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ "ޕްރޮޖެކްޓް ފޮރ ޑިޒާސްޓަރ ރެޒިލިއެންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް" ގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް ޠަޢާމު މުޙައްމަދެވެ. ޓޯޔޯ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ މިސްޓަރ އިޒާވާ ކަން އެވެ.
މި މަޝްރޫޢަކީ ޖުމްލަ 700 މިލިއަން ޖަޕަނީޒް ޔެންގެ އަގުހުރި މަޝްރޫޢެކެވެ. މި އެއްބަސްވުމުގެ ދަށުން މާލޭގެ އުތުރު އަދި އިރުމަތީ ފަރާތުގެ ތޮށިގަނޑު މަރާމާތުކުރުމުގެ މަސައްކަތް 487 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. މި މަސައްކަތް ކުރިއަށްދާއިރު ކޮންސަލްޓަންޓެއްގެ ގޮތުގައި ހަރަކާތްތެރިވާނީ އޮރިއެންޓަލް ކޮންސަލްޓަންޓްސް ގްލޯބަލް ކޮމްޕެނީ ލިމިޓެޑުންނެވެ.
މި މަޝްރޫޢުގެ މައިގަނޑު މަގްސަދަކީ މާލޭގެ ވަށައިގެންވާ ތޮށިގަނޑު އިތުރަށް ވަރުގަދަކޮށް، ގުދުރަތީ އެކި ކާރިސާތަކުން މާލެއަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމުގެ ގާބިލުކުރުން އިތުރުކުރުމެވެ. މިއީ ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމެންޓް ޕްރޮގްރާމުގެ ހިންގާ މަޝްރޫއު އެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




