ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމަށް ޖަރުމަނުވިލާތުގެ ބަރލިންގައި ބޭއްވި ރަސްމީ ޖާފަތުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
ރައީސްގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއި، ޖަރުމަނުވިލާތުގެ ސަރުކާރުގެ އިސްވެރިންނާއި، ބަރލިންގައި ތިއްބަވާ ޚާރިޖީ މަންދޫބުން މި ޖާފަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
Advertisement
އަދި ޖަރުމަނުވިލާތުގައި ދިރިއުޅޭ ބައެއް ދިވެހީންވެސް މި ޖާފަތުގައި ބައިވެރިވެފައިވެއެވެ.
މި ޖާފަތުގައި ގުރުއަތުލުމެއް ބާއްވައި، މި ގުރުއަތުން ހޮވުނު ނަސީބުވެރިންނަށް އިނާމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ބައެއް ރިސޯޓު ތަކުގައާއި އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދީފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


