މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 3 ލައްކައަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 9ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 303،488 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %5.1 އިތުރު އަދަދެކެވެ.
މިމަހުގެ 8 ވަނަ ދުވަހު ރާއްޖެއަށް ވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެދުވަހު ރާއްޖެއަށް 10،462 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މި އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި 5 ގައުމު:
* ޗައިނާ: 39،132 ފަތުރުވެރިން
* ރަޝިއާ: 36،565 ފަތުރުވެރިން
* އިޓަލީވިލާތް: 30،656 ފަތުރުވެރިން
* އިނގިރޭސިވިލާތް: 27،864 ފަތުރުވެރިން
* ޖަރުމަނުވިލާތް: 18،630 ފަތުރުވެރިން
މިދިޔަ މަހު ރާއްޖެއަށް 224،788 ފަތުރުވެރިން ޒިޔާރަތްކުރި އިރު، މި މަހު މިހާތަނަށް73،935 ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


