އަންނަ ހަފުތާގައި އާރްޓީއެލްގެ ހިދުމަތް ފ.އަތޮޅާއި ދ.އަތޮޅުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި ދެ އަތޮޅު ހިމެނޭހެން ޖުމުލަ 4 ރޫޓަކަށް ދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެއީ، ފ.އަތޮޅުގެ 1 ރޫޓާއި، ދ.އަތޮޅުގެ 2 ރޫޓުގެ އިތުރުން ދ.އަތޮޅާއި ފ.އަތޮޅާ ދެމެދު ބާއްވާ ފެރީ ރޫޓެވެ. ފ.އަތޮޅާއި ދ.އަތޮޅާ ދެމެދު ދަތުރުތައް ބާއްވާނީ، ނިލަންދުއާއި މީދޫއާއި ދެމެދުގައެވެ.
މި ދެ އަތޮޅުގައި ތަޖުރިބާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ، އަންނަ ހަފުތާގެ އަންގާރަ ދުވަހުއެވެ.
މި ދަތުރުތައް 1 ހަފުތާއަށް ކުރިއަށްގެންދާއިރު ތަޖުރިބާ ދަތުރުތައް ކުރާނީ އެއްވެސް އަގަކާ ނުލައެވެ.
އެމްޓީސީއިން މިހާރު ގެންދަނީ، މި ދެ އަތޮޅުގައި ދަތުރުތައް ފެށުމުގެ ކުރިން، ރައްޔިތުން ހޭލުންތެރިކުރުމުގެ ސެޝަންތައް ބާއްވަމުންނެވެ. މި ސެޝަންތަކުގައި ރޫޓުތަކުގެ މަޢުލޫމާތާއި، އަގުތަކާއި، ފެރީގެ ޚިދުމަތް ހޯދުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރާނެއެވެ.
މި ދެ އަތޮޅަށް އަގު ނަގައިގެން ދަތުރުތައް ފަށާނީ، މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


