އިލެކްޝަން ކޮމިޝަނުން ހުސްވެފައިވާ މެންބަރުގެ މަގާމަށް ރިފްއަތު އަބްދުﷲ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވައިފި އެވެ.
އެ ކޮމިޝަނުގެ މެންބަރު ކަމަށް ހުޅުވާލީ ކޮމިޝަންގެ މެންބަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޒާހިރުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.
Advertisement
އެކަމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ބޭފުޅުންގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުވީ ރިފްއަތުގެ ނަމެވެ. އެ ނަން ދިރާސާކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ ފޮނުވައިފަ އެވެ.
އިލެކްޝަން ކޮމިޝަންގައި މިހާރު ތިއްބަވަނީ އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދާއި މެންބަރު އަބްދުއްރަހުމާން ސޮލާހު ރަޝީދާއި ހަސަން ޒަކަރިއްޔާ އަދި އަބްދުލްހަސީބު އިސްމާއީލެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


