މިނިސްޓްރީއަށް ހުށަހެޅެމުންދާ އެންމެހައި ހުށަހެޅުންތަކަށް ޤާނޫނުގައިވާ ގޮތުގެ މަތިން ޖަވާބުދެމުން އަންނަ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާޏު މިހެން ވިދާޅުވީ މައުލޫމާތު ހޯދުމަށް ހުށަހެޅި މައްސަލައެއްގެ ބައްދަލުވުމަށް އިސްލާމިކް މިނިސްޓްރީން ހާޒިރު ނުވުމުން އައިކޮމުން އެ މިނިސްޓްރީ 700ރ. އިން ޖޫރިމަނާ ކުރުމުން އެކަމަށް ފާޑުކިޔަމުންނެވެ.
''އިސްލާމިކް މިނިސްޓްރީއަކީ މައުލޫމާތު ހާމަކުރުމަށް ނުހަނު ބޮޑު އިސްކަމެއްދޭ އަދި އެކަމާ ގުޅިގެން ހެދިފައިވާ އެންމެހައި ޤާނޫނުތަކަށް އިޙުތިރާމްކުރާ އިދާރާއެއް. މިހާތަނަށް ވެސް މިނިސްޓްރީއަށް ހުށަހެޅެމުންދާ އެންމެހައި ހުށަހެޅުންތަކަށް ޤާނޫނުގައިވާ ގޮތުގެ މަތިން ޖަވާބުދެމުންދާ ވުޒާރާއެއް. މީޑިއާ އާ ރައްޔިތުންނާ ނުހަނު ގާތްކަން ބާއްވާ ވުޒާރާއެއް. ވުޒާރާ ދެމި އޮންނާނީ އެގޮތުގަ'' މިނިސްޓަރ ޑޮކްޓަރ ޝަހީމް ވިދާޅުވިއެވެ.
ތިރީގައި މިވަނީ މިނިސްޓްރީ އަށް ހުށަހެޅުނު އާރުޓީއައިގެ ތަފްޞީލު.
2024 ގައި ހުޅައެޅުނު އާރުޓީއައިގެ ތަފްސީލް:
- މިނިސްޓްރީއަަށް ލިބުނު: 60
- ޖަވާބު ދެވުނު 60
- 2024 ނިމުނުއިރު ޖަވާބު ނުދެވި ނެތް
—-
2025 ގައި ހުޅައެޅުނު އާރުޓީއައިގެ ތަފްސީލް:
- މިނިސްޓްރީއަަށް ލިބުނު: 41
-…— Mohamed Shaheem Ali Saeed (@Mohamedshaheem1) February 9, 2026
ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި މިނިސްޓަރ ވަނީ މިނިސްޓްރީ އަށް ހުށަހެޅުނު އާރުޓީއައިގެ ތަފްޞީލު ހިއްސާކުރައްވާފައެވެ.
2024 ގައި ހުޅައެޅުނު އާރުޓީއައިގެ ތަފްސީލް:
މިނިސްޓްރީއަށް ލިބުނު: 60
ޖަވާބު ދެވުނު 60
2024 ނިމުނުއިރު ޖަވާބު ނުދެވޭ އެއްވެސް މައްސަލައެއް ނެތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
2025 ގައި ހުޅައެޅުނު އާރުޓީއައިގެ ތަފްސީލް:
މިނިސްޓްރީއަށް ލިބުނު: 41 –
ޖަވާބު ދެވުނު 33 –
ޖަވާބު ނުދެވި 8
މިއަހަރުގެ 8 އާރުޓީއައި އަށް ޖަވާބުނުދެވުނީ އިންފޮމޭޝަން އޮފިސަރު ވަކިވުމާއި ގުޅިގެން ކަމަށާއި އެކަމަށް ޙައްލު ހޯދުމުގެ މަސައްކަތް އިދާރީ ގޮތުން ކުރިއަށް އެބަގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


