ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅު ކޭސް ދޫކުރާނީ އަަންނަ ބުދަ ދުވަހުގެ ނިޔަލަށް ކަމަށް މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްއިން މިއަދު ބުނެފިއެވެ.
ކަލް ގަވަމެންޓް މިނިސްޓްރީން ބުނީ، މާލެ ސަރަޙައްދުގައި މަސްދަޅު ކޭސްތައް ދޫކުރަމުން ދާނީ މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި އެދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެޔަކު 8:30 އިން 11:00 އަށް މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.
މިހާތަނަށް މާލެ ސަރަޙައްދުގައި 43،923 މަސްދަޅު ކޭސް ވަނީ ދޫކޮށްފައެވެ. މާލެ ސަރަޙައްދުގައި ރަޖިސްޓްރީ ކޮށްފައިވާ ޑޮމެސްޓިކް މީޓަރުތަކުގެ އަދަދަކީ، 65،230 އެވެ. މަސްދަޅު ދޫކުރަނީ، ކޮންމެ ޑޮމެސްޓިކް މީޓަރަކީ ގޭބިސީއެއް ކަމަށް ބަލައިގެންނެވެ. އަދި އަތޮޅުތެރޭގެ ގިނަ ރަށްރަށުގައިވެސް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ރަށްރަށުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އެ ރަށެއްގެ ކައުންސިލުންނެވެ.
މާލޭ ސަރަޙައްދުގައި 14 މަރުކަޒަކުން މަސްދަޅު ކޭސް ދަނީ ދޫކުރަމުންނެވެ. މަސްދަޅު ކޭސް ހޯދުމަށް ޓޯކަން ލިބޭނީ، https://roadhahadhiya.mv/dv ޕޯޓަލްއިންނެވެ. އެ ވުޒާރާއިން ވަނީ، ފަހު ވަގުތަށް މަޑުނުކޮށް އަވަހަށް މަސްދަޅު ކޭސް ބަލައި ދިޔުމަށް ޢިލްތިމާސްކޮށްފައެވެ.
މަސްދަޅު ކޭސް ދޫކުރުމަށް ޕޯޓަލް މެދުވެރިކޮށް ޓޯކަން ނެގުމަށް ވަނީ ހުޅުވާލާފައެވެ. ކޮންމެ ރެއަކު 300 ޓޯކަންއަށް މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ކަރަންޓް މީޓަރަކަށް މަސްދަޅު ކޭހެއް ދޫކުރާނެއެވެ.
މި އަހަރު, މުޅި ރާއްޖޭގެ 118،773 ގޭބީސީއަކަށް 48 ދަޅުގެ މަސް ކޭސް ބަހާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


