ތިން އަތޮޅެއްގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން ހަލާލް ޓޫރިޒަމް މޮޑެލްއަށް ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފިއެވެ.
މި ތިން އަތޮޅަކީ ހދ، ލ އަދި ސ އަތޮޅެވެ.
އެގޮތުން ހަލާލު ޓޫރިޒަމަށް ހުޅުވާލީ ހދ. މަކުނުދޫ ފަޅުން ބަޔަކާއި ލ. ފޮނަގާދޫ އާއި ސ. ދޮންހެރާ އާއި އެ ރަށުގެ ކައިރީގައިވާ ކުޑަ ރަށެކެވެ.
ލ. ފޮނަގާދޫ އާއި ސ. ދޮންހެރާ ގައި 100 އެންދު ތަރައްޤީކުރުމަށް ހުޅުވާލާފައިވާއިރު، ހދ. މަކުނުދޫ ފަޅުގައި ތަރައްޤީކުރުމަށް ހުޅުވާލާފައިވަނީ 150 އެނދެވެ.
ހދ މަކުނުދު އާއި އެ އަތޮޅު މާފަރު ފަޅުން ދޫކުރަނީ 200 ހެކްޓަރު ފަޅުން ބައެކެވެ. އެ ތަންތަނުގެ އަގު އުޅެނީ 1.5 މިލިއަން ޑޮލަރު (23 މިލިއަން ރުފިޔާ) ގަ އެވެ.
މި ބިޑަށް ޑޮކިއުމެންޓް ހުށަހެޅުމުގެ ފުރުސަތު އަންނަ އޭޕްރީލް މަހުގެ ފަސްވަނަ ދުވަހާ ހަމައަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފަ އެވެ.
ހަލާލު ޓޫރިޒަމް ތަރައްގީ ކުރަން ބޭނުންވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 35،000 ޑޮލަރު ހުށަހަޅަން ޖެހޭ އިރު އާންމު އުސޫލުން ރިސޯޓު ތަރައްގީ ކުރާ ރަށްތަކުގެ ބިޑް ސެކިއުރިޓީއަކީ 40،000 ޑޮލަރެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


