މި ލެބޯޓަރީ މިއަދު ހުޅުވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހިމެވެ.
މި ރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ މި ލެބުގެ ސަބަބުން އާއިލީ ގޮތުން ވާރުތަކުރާ ލޭގެ މިއުޓޭޝަންސްގެ މުހިންމު ބާވަތްތައް ރާއްޖޭގައި ތަހްލީލު ކުރެވި ނަތީޖާ ލިބޭނެ ކަމަށާއި، ޖުމްލަ 27 ބާވަތެއްގެ މިއުޓޭޝަންސް ދެނެގަނެވޭނެ ކަމަށެވެ.
މިއީ ލޭގެ ފަރުވާ ހޯދާ ފަރާތްތަކަށް މުހިންމު ތަހުލީލު ތަކެއް ކަމަށާއި، ރާއްޖޭގައި ފެންނަ ލޭގެ ބަލީގެ ބާވަތްތަކަށް ބަލައި، މިކަމަށް ހާއްސަ ކުރެވިފައިވާ ކިޓްތައް ފަރުމާކޮށްފައި ވަނީ ދިވެހިންނަށް ހާއްސަ މިންގަނޑުތަކަށް ރިއާޔަތްކޮށްގެންކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މިއީ 2025 ޖޫން 25 ވަނަ ދުވަހު މޯލްޑިވިއަން ބްލަޑް ސާރވިސަސް އަދި ތެލަސީމިއާ އެންޑް އަދަރ ހިމޮގްލޮބިނޯޕަތީސް ސެންޓަރ ހުޅުމާލޭގައި އިމާރާތް ކުރި އައު ޢިމާރާތަށް ބަދަލު ކުރި ފަހުން ފަށާފައިވާ ތިން ވަނަ ޚިދުމަތެވެ. އޭގެ ތެރޭގައި ހިމެނެނީ އެންޑޮކްރައިނޮލޮޖީ، އެތެރެ ހަށީގެ ބަލިތަކަށް ޚާއްސަ އަދި ހެމަޓޮލޮޖީ ކްލިނިކް ގާއިމުކުރުމާއި އަދި ތެލަސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރުގެ ޚިދުމަތެވެ.
މި ދާއިރާއިން ކުރިއަށްގެންގޮސްފަވާ މަސައްކަތްތަކަށް ބަލާއިރު ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދައިދޭން މި ސަރުކާރުން ފެށި ޕްރޮގްރާމްގެ ދަށުން، މިދިޔަ އަހަރު އިތުރު 10 ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ވަނީ ފޮނުވާފައެވެ. މިހާތަނަށް ޖުމުލަ 24 ކުދިންނަށް ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތުވަނީ ދީފަވެއެވެ. މީގެ އިތުރުން، ތެލެސީމިއާ ކުދިންނަށް 2000 ރުފިޔާގެ އެލަވަންސެއް މި އަހަރުން ފެށިގެން ދިނުމަށްވެސް ވަނީ ނިންމާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


