ހއ.ގެ އަތޮޅު ވެރިކަން ކުރާ ދިއްދޫގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ތަވާލާއި އެއްގޮތަށް ނިންމާލެވޭނެކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހިންގާ މި މަޝްރޫއުގައި ދިއްދޫ 110 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. މިއީ ދިއްދޫގެ މިހާރުގެ ބިމަށް ވުރެ ބޮޑު ސަރަހައްދެކެވެ. ހިއްކާ ބިން ބޭނުންކުރާނީ ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމާއި ދިއްދޫގައި އެއާޕޯޓް އެޅުމަށެވެ.
އެމްއޭސީއެލްއިން ވިދާޅުވީ މިހާތަނަށް 78 ހެކްޓަރު ހިއްކާ ނިންމާފައިވާކަމަށެވެ. އެއީ މުޅި މަޝްރޫޢުގެ %70 އެވެ.
ދިއްދޫ ބިން ހިއްކުމަށް ބޭނުން ކުރާ ޑްރެޖަރަކީ ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ބޮޑު ޑްރެޖަރެއް ކަމަށް އެމްއޭސީއެލްއިން ފާހަގަކުރައްވައެވެ. ޓްރެއިން ސަކްޝަން ހޮޕަރ، ލެއިވް އެރިކްޝަން ނަމަކަށް ކިޔާ މި ޑްރެޖަރަކީ، 46000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޑްރެޖަރެކެވެ.
Advertisement
އެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާއިރު، މިހާތަނަށް 78 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާކަމަށް އެމްއޭސީއެލުން ބުނެއެވެ. އެއީ މި މަޝްރޫއުގެ 78 އިންސައްތައެވެ. އެމްއޭސީއެލުން ބުނީ ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތް ކަނޑައެޅިފައިވާ ތާރީހަށް ނިންމާލެވޭނެކަމަށެވެ.
މި މަޝްރޫއު ނިމޭއިރު ދިއްދޫގެ ބިމަށް 115 ހެކްޓަރު އިތުރުވާނެ އެވެ.
އެމްއޭސީއެލް އިން ދިއްދޫ ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ 5 ޖެނުއަރީ 2026ގަ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


