ތިލަފުށީގައި ތަރައްގީ ކުރާ ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްފި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ ރައީސް މިއަދު އިއުލާންކުރައްވާފައިވާ ގޮތަށް، އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް އެ ވިޔަފާރި ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ ޑިޒައިނިން އާއި ސާވޭގެ މަސައްކަތްތައް ކުރަން ސީއެޗްއީސީއާ މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ. އެ މަސައްކަތް ފަސް މަސް ދުވަސްތެރޭ ނިންމާނެ ކަމަށް ބުންޏެވެ. އޭގެފަހުން، ދެ ފަރާތުން އެއްބަސްވާ އަގެއްގެ އެ މަޝްރޫއުގެ ކޮންސްޓްރަކްޝަން މަސައްކަތް ވެސް ސީއެޗްއީސީން ކުރިއަށް ގެންދާނެ ކަމަށް ބުންޏެވެ.
މިއަދު އިއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ އަންނަ އަހަރުގެ 11 ނޮވެމްބަރުން ފެށިގެން މާލޭ ވިޔަފާރި ބަނދަރު ތިަލަފުއްޓަށް ބަދަލު ކުރައްވާނެ ކަމަށެވެ. ތިލަފުށްޓަށް ބަދަލުކުރެވުމުން، މިހާރު 7 ދުވަހުން ހުސްކުރެވޭ ބޯޓު 48 ގަޑިއިރުން ހުސްކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


