ނ. މިލަދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރަތް ހުޅުވައިފިއެވެ. އައު އިމާރަތް ހުޅުވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ.
އައު އިމާރާތް ހުޅުވާ ލެބޯޓްރީގެ ޚިދުމަތް ދޭންފެށީ ނ. އަތޮޅަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައެވެ.
ނ.މިލަދު ސިއްޙީ މަރުކަޒުގެ އައު އިމާރާތް ހުޅުވުން pic.twitter.com/7EshbIrBGu
— Ministry of Health (@MoHmv) February 2, 2026
ސަރުކާރުން ވަނީ މިހިނގާ 2026 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީގެ ޚިދުމަތް ޤާއިމުކުރުމަށް ނިންމާފައެވެ.
ނ.މިލަދު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފެށުން pic.twitter.com/ZjKV8n89IE
— Ministry of Health (@MoHmv) February 2, 2026
މިލަދޫގައި މީގެކުރިން ލެބޯޓަރީގެ ޚިދުމަތް ދެމުންދިޔައީ މޮބައިލް ލެބޯޓަރީ ޚިދުމަތެއްގެ ގޮތުގައެވެ. އަލަށް އިތުރުކުރެވުނު ސިއްޙީ މަރުކަޒުގެ ޢިމާރާތާއެކު އާންމު ސިއްޙަތުގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކޮށް ބަލިތައް ޖެހުމުގެ ކުރިން ދުރާލާ ރައްކާތެރިވުމަށްޓަކައި ކުރަންޖެހޭ މުހިއްމު މަސައްކަތްތަކެއް ފުޅާކުރެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


