މިދިޔަ މަހުގެ 15 ވަނަ ދުވަހު ބ. އޭދަފުށީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައިވާއިރު, އެ އެކްސިޑެންޓް ހިނގި ޕިކަޕް ދުއްވަން އިން ޑުރައިވަރުގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް 15 ދުވަހަށް އިތުރު ކޮށްފިއެވެ.
މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބި ފަރުވާދެމުންދިޔަ އެ ރަށު ސީސަންގެ، އުމުރުން 82 އަހަރުގެ އަބޫބަކުރު އަބްދުﷲ މިދިޔަ ހުކުރު ދުވަހު ވަނީ ނިޔާވެފައެވެ.
Advertisement
މި އެކްސިޑެންޓާ ގުޅިގެން ޕިކަޕް ދުއްވަން އިން 62 އަހަރުގެ ދިވެހި ޑުރައިވަރު ހައްޔަރުކޮށް ފުރަތަމަ އޭނާގެ ބަންދަށް އިތުރު ކުރީ 15 ދުވަހެވެ. އެ މުއްދަތު އިއްޔެ ހަމަވުމުން ކޯޓަށް ހާޒިރު ކުރުމުން އިތުރު 15 ދުވަހު އަނެއްކާވެސް ވަނީ ބަންދުގެ މުއްދަތު ޖަހާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


