ގައުމީ ބޭންކް ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާޑުގެ ލިމިޓް އިތުރުކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ ކްރެޑިޓް ކާޑުން ކަސްޓަމަރަކަށް ރާއްޖެއިން ބޭރުގައި މުއާމަލާތުކުރުމަށް ކޮންމެ މަހަކަށް ކަނޑައަޅާފައިވާ ލިމިޓްތައް ބޮޑުކުރަން ނިންމާފައިވާކަމަށެވެ.
އަދި މި ބަދަލު އަންނަމަހުގެ އެއްވަނަ ދުވަހުން ފެށިގެން ލިބޭނެކަމަށް ބީއެމްއެލް އިން ބުނެއެވެ.
Advertisement
ކްރެޑިޓް ކާޑު ލިމިޓަށް ގެނައި ބަދަލުތައް
- ކްލެސިކް ކްރެޑިޓް ކާޑު، 750 ޑޮލަރުން 1400 ޑޮލަރަށް
- ގޯލްޑް ކްރެޑިޓް ކާޑު ، 750 ޑޮލަރުން 1500 ޑޮލަރަށް
- ޕްލެޓިނަމް ކްރެޑިޓް ކާޑު، 1500 ޑޮލަރުން 3000 ޑޮލަރަށް
މިއީ ކޮންމެ ކަސްޓަމަރަކަށް ޑެބިޓް ކާޑުން ބޭނުންކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ލިމިޓްގެ އިތުރުން އެ ކަސްޓަމަރެއްގެ ކްރެޑިޓް ކާޑަށް ހަމަޖައްސާފައިވާ ލިމިޓެއްކަމަށް ބީއެމްއެލްއިން ބުނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


