މަސްދުވަހުގެ ޗުއްޓީއަކަށް ފަހު ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ. މިއަދަކީ އަހަރުތަކަކަށް ފަހު ޖަނަވަރީ މަހު ދިރާސީ އަހަރުގެ ކިޔެވުން ފެށި އަހަރުކަން ފާހަގަކޮށްލެވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީހެ ހިސާބުތައް ދައްކާގޮތުން ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް، މި އަހަރު 80،715 ދަރިވަރުން ތައުލީމު ހާސިލް ކުރާނެއެވެ. މި ދަރިވަރުންނަށް ކިޔަވާ ދިނުމުގައި 9،952 ޓީޗަރުން ހަރަކާތްތެރިވާއިރު ސަރުކާރުގެ 218 ސްކޫލެއްގައި ކިޔަވާދޭނެއެވެ.
ދިރާސީ އަހަރަށް އަތޮޅުތަކުން މާލޭ ސްކޫލްތަަކުގައި ކިޔަވަން ބޭނުންވެގެން 1500 ދަރިވަރުން ބަދަލުވިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
މާލޭގެ ސްކޫލުތަކުން ހުޅުމާލޭގެ ސްކޫލްތަކަށް 836 ދަރިވަރަކު ބަދަލުވާން ހުށަހަޅާފައިވެއެވެ. މާލޭގެ ސްކޫލުތަކުގެ ގްރޭޑް އެކަކަށް މި އަހަރު އަލަށް 1،748 ދަރިވަރުން ވައްދާފައިވެއެވެ. މީގެއިތުރުން މާލެއިން ހުޅުމާލެއަށް 836 ކުދިން ބަދަލުވެފައިވާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
އަތޮޅުތަކުން މާލޭގެ ސްކޫލްތަކަށް މިއަހަރު 1530 ދަރިވަރަކު ބަދަލުވުމަށް އެދުނެވެ. އޭގެ އިތުރުން މާލެއިން ހުޅުމާލޭގެ ސްކޫލްތަކަށް 836 ދަރިވަރުންވެސް ވަނީ ބަދަލުވެފައެވެ. ދިރާސީ އަހަރުގެ ކިޔެވުން ފެށިއިރު ދަރިވަރުންނަށް އުނގަންނައިދިނުމަށް ސަރުކާރުގެ ސްކޫލްތަކުގައި 10500 މުދައްރިސުން ހަރަކާތްތެރިވާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 8000 ދިވެހި މުދައްރިސުންނާއި ބިދޭސީ 2500 މުދައްރިސުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


