ސަރުކާރުން މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ބިންހިއްކުމުގެ މަސައްކަތްތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ނިމިގެންދާނީ ގިރާވަރުފަޅު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކޮށްފައިވަނީ ޝޯޝަލް މިޑީއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ޝޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާކަން އިއުލާންކުރައްވާފަ އެވެ.
މިމަސައްކަތް ނިމުމާއެކު ދެން އެންމެ އަވަހަށް ބާރުދުވެލީގައި ނިންމާނީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކަމަށް ރައީސް ވިދާޅުވި އެވެ.
ގިރާވަރު ފަޅުން ޖުމްލަ 160 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާއިރު، އެ ޕްރޮޖެކްޓަށް އިތުރު 50 ހެކްޓަރުގެ ބިން އިތުރުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ 2 އަކާއި 3 އިން ގޯތި ދޫކޮށްފައިވާތީ މި ފަހުން ވަނީ 3 ވަނަ ފިޔަވަހިން ގޯތި ލިބުނު 698 ގޯތީގެ ގުރު ނަގައިފަ އެވެ.
މި ސަރުކާރުން ވެސް ވަނީ އަލަށް ހިއްކާ ހުޅުމާލެ 3 އިން 1351 ގޯތި ދޭން ނިންމައިފަ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


