ފަލަސްތީނުގެ ގުދުސްގެ ޝޭހް ޖައްރާހް އަވަށުގައި ހުންނަ ލަސްތީނު ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އެޖެންސީ (އަންރުވާ)ގެ ހެޑްކުއާޓާސް ތަޅާލުން ދިވެހިސަރުކާރުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުން އިރުމަތީ ގުސްގައިވާ އދ.ގެ އިމާރަތްތައް ތަޅާލުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފަށް ހިންގި ޖަރީމާއެއް ކަމަށެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ އިޒްރޭލުގެ މި އަމަލުގެ ސަބަބުން ފަލަސްތީނުގައި އިންސާނީ އެހީއަށް ޖެހިފައިވާ ފަރާތްތަކުގެ ހާލަތު އިތުރަށް ގޯސްވެގެން ދާނެކަން ފާހަގަކޮށްފައެވެ. އަދި އުންރުއާގެ މަސައްކަތަކަށް ހުރަސްއެޅިގެންދާނެކަމަށް ބުނެފައިވެއެވެ.
ސަރުކާރުން ވަނީ ފަލަސްތީނު ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް އުރުއާއިން ކުރާ މަސައްކަތްތަކަށް އަބަދުވެސް ތާއީދުކުރާނެކަން ފާހަގަކޮށް ބައިނަލްއަގުވާމީ ދުނިޔެއަށް އިޒްރޭލުގެ މިއަމަލުތަކަށް ޒިންމާދާރުކުމަށް ގޮވާލާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


