ދުންފަތުގެ ބާވަތްތަކުގައި ލޭބަލް ނުވަތަ ސިއްހަތުގެ އިންޒާރު ޖަހަން ދިން މުއްދަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިއްޔެ އިތުރުކޮށްދީފިއެވެ.
އެޗްޕީއޭއިން ވަނީ، ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވައިދުގެ ދަށުން ލާޒިމުކުރާ، ދުންފަތުގެ ބާވަތްތައް ރަޖިސްޓްރީ ކުރުމާއި ދުންފަތުގެ ބާވަތްތަކުގައި ސިއްހަތުގެ އިންޒާރު ޖެހުމުގެ އުސޫލަށް ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށް ބުނެ، އެ ކަންކަން އިއްޔެ އިއުލާނުކޮށްފައެވެ.
Advertisement
އެ އުސޫލުގެ ދަށުން ކުރިން، ދުންފަތުގެ ބާވަތްތަކުގައި ލޭބަލް ޖަހަން މުއްދަތު ދިނީ، މި މަހުގެ 28އަށެވެ. އެކަމަކު، އެ މުއްދަތު މިހާރު އަންނަ ޖުލައި މަހު 28އަށް ފަސްކޮށްފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


