އދ.މާމިގިލީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފިއެވެ.
އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރުޑީސީންނެވެ.
އދ.މާމިގިލީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށީ، 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އާރުޑީސީން ވިދާޅުވީ މިމަސައްކަތުގެ 89 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އެގޮތުން މަގުތަކުގައި ކޭބަލް ޖަންކްޝަން އަދި ސެޓްލްމަންޓް ހޮޅިއެޅުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. މީގެއިތުރުން ތާރުއެޅުމުގެ ކުރިން އަޅާ އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތްވެސްވަނީ ނިމިފައެވެ. އަދި ޕަމްޕަ ސްޓެޝަންތަކުގެ 61 އިންސައްތަ މަސައްކަތް ދުވާރުގައި ކުރަންޖެހޭ މަސައްކަތުގެ 99 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އާރްޑީސީން ވިދާޅުވެއެވެ.
މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާ މާމިގިލީގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. މިމަސައްކަތް ރަސްމީކޮށް ފައްޓަވާދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބެވެ. މިރަސްމިއްޔާތުގައި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނާޡިމްވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
މާމިގިލީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 4.89 ކިލޯމީޓަރު ހިމެނޭހެން 6 މަގެއް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި މިމަޝްރޫޢުއަށް މިހާތަނަށް 95 މިލިއަން ރުފިޔާވަނީ ޚަރަދުކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


