ފުވައްމުލަކު ސިޓީ އުތުރުން 4 މޭލު ބޭރުން ދަތުރުކުރަމުން ދަނިކޮށް ދިޔަވަމުން ދިޔަ މުދާ އުފުލާ ބޯޓަކަށް، އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
"ހަވާސާ" ނަމަކަށް ކިޔާ މި ބޯޓަށް ދިޔަވާކަމުގެ މަޢުލޫމާތު މިއަދު 12:23 ހާއިރު ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިންނާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންގެ އިތުރުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ޕޯސްޓުގެ ސިފައިން ވަނީ ޕަންޕާ އެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެގޮތުން އެ ބޯޓު ފުވައްމުލަކު ސިޓީ ބަނދަރަށް ވަނުމުން މިއަދު 13:10 ހާއިރު ދިޔަ ހިއްކުމުގެ މަސައްކަތް ކޮށްފައިވެއެވެ.
އަދި، ބޯޓުގައި ބޮޑުވި ދިޔަގަނޑު އެއްކޮށް ހިއްކައި ނިމުނީ މިއަދު 14:10 ހާއިރުއެވެ. މި ބޯޓަށް އެހީތެރިވުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވެސް ވަނީ ހަރަކާތްތެރިވެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


