ކޭޕާކު ފުލެޓުތައް އޮޅުވާލައިގެން ހަސަން މަމްދޫހު (މަންޑޭ) އާއެކު އެ ކުށްކުރުމުގައި ބައިވެރިވި ރ.އަލިފުށި/ކިނާރާގެ، ޖައިޝާން ސައީދު, 159 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ކޭޕާކް ޖަރީމާގައި މަންޑޭއާއެކު ބައިވެރިވި, ޖައިޝާން ސައީދުގެ މައްޗަށް 89 ދައުވާއެއް ސާބިތުވިއެވެ.
ޖައިޝާންގެ މައްޗަށް ސާބިތުވީ އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށުގެ 41 ދައުވާއާއި ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ 44 ދައުވާ އާއި މަނީލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ އަދި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ތިން ދައުވާއެވެ.
މި މައްސަލަތަކާ ގުޅިގެން ޖައިޝަމް ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު، ޖުމުލަ 159 އަހަރާއި ފަސް މަހާއި 14 ދުވަސް ޖަލު ހުކުމް ތަންފީޒުކުރަން ޖެހޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


