ސޯޝަލް ހައުސިންގެ ދަށުން ދޫކޮށްފައިވާ ބައެއް ފްލެޓުތައް ބިދޭސީންނަށް ކުއްޔަށް ދެމުންދާ ކަމަށާއި ބިދޭސީންނަށް އެތަންތަން ކުއްޔަށް ދޭނަމަ ފިޔަވަޅު އަޅާނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.
އެޗްޑީސީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ، އެގޮތަށް ބިދޭސީންނަށް ކުއްޔަށްދީފައިވާ އެއްވެސް ފްލެޓެއްވާނަމަ، އަންނަ މަހުގެ 3ގެ ކުރިން އެތަންތަން ހުސްކުރަން އެމީހުންނަށް އެންގުމަށް އިލްތިމާސްކޮށްފަ އެވެ.
Advertisement
ހުޅުމާލެއިން ދޫކޮށްފައިވާ އެއްވެސް ސޯޝަލް ހައުސިން ފްލެޓެއް، އެ ތާރީހުގެ ފަހުން ބިދޭސީންނަށް ދޫކޮށްފައިވާނަމަ އެ ފްލެޓެެއް އަތުލާނެ ކަމަށް ވެސް އެޗްޑީސީގެ ބަޔާނުގައިވެ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


